ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް "ވަން" އަށް މިއަދު ވިދާޅުވީ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވީ ޔޫއޭއީގެ ސަރުކާރުން ކަމަށެވެ.
މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީއަށް އެކި ގޮތްގޮތުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ. ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޔޫއޭއީގެ އެހީގައި ހަދާފައިވާ އެއާޕޯޓެކެވެ. މި އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މުއިއްޒު އަބޫދާބީއަށް ވަޑައިގެންނެވި އިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ނުރަސްމީ ދަތރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު