ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކުޅުދުއްފުށި، ލަންދޫގެ، އަބްދުﷲ އިބްރާހީމް (39އ)އެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ، އޭނާ އަދިވެސް ފެނިފައިނުވާ ކަމަށާއި އެ މައްސަލައިގައި އިތުރު އަޕްޑޭޓެއް ލިބިފައިނުވާ ކަމަށެވެ.

ކުޅުދުއްފުށި ކައުންސިލުން ވެސް ބުނީ، އޭނާ އަދިވެސް ފެނިފައިނުވާ ކަމަށާއި އޭނާ ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.