ޖަރުމަނު ބަންޑެސްލީގާގެ އެންމެ ވާދަވެރި ދެޓީމު ކަމަށްވާ ބްރޫޝިއާ ޑޯޓުމަންޑާއި ބަޔާން މިއުނިކް ރޭ ކުޅުނު މެޗު، ބަޔާނުން ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށްފިއެވެ.
ޑޯޓުމަންޑްގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ބަޔާނުން ޖެހިޖެހިގެން 12 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، އެޓީމުން މިހާތަނަށް ކުޅުނު 10 މެޗުން 26 ޕޮއިންޓް ހޯދާފައިވެއެވެ. އެއާއެކު ބަޔާން ލީގު ތާވަލުގެ ދެވަނައިގައި އޮތް އިރު، ބަޔާން ލެވަކޫސަން އެއްވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓާއެކުގައެވެ.
މިވަގުތު ޑޯޓުމަންޑް ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ ސްޓަޓްގާޓެވެ.
ރޭގެ މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ބަޔާނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. ޑަޔޮޓް އުޕަމެކާނޯ ހަތަރު ވަނަ މިނެޓުގައި ޖެހި ގޯލާއެކު ބަޔާނުން ލީޑު ނެގި އިރު، އޭގެ އިރުކޮޅެއް ފަހުން ކޭން ވަނީ ގޯލު ޖަހައިފައެވެ.
ދެވަނަ ހާފަށް ނުކުމެ ކޭން އިތުރު ދެ ގޯލު ޖެހި އިރު، އޭނާ ވަނީ މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 15 ގޯލު ޖަހައިފައެވެ. ކޭން ވަނީ އެންމެފަހުން ބަޔާނަށް ކުޅުނު ދެ މެޗުގައިވެސް ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ