ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފިއެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު "ވަން" އަށް ވިދާޅުވީ މިއިއްޒު ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 30ގައެވެ. އަދި އެއީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ކުރެއްވި ދަތުރުފުޅެއްކަން އެނގިފައި ވެއެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ ރިޔާސީ އިންތިހާބު ކާމިޔާބުރެއްވުމަށް ފަހު މުއިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު