އުރީދޫ 5ޖީ އެއާފައިބަރު ރައުޓަރުން 50 ޕަސެންޓް ޑިސްކައުންޓާއި ގޭމަރުންނަށް ހާއްސަކޮށްގެން ބޮޑެތި ޑޭޓާ އެލަވަންސް ލިބުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ، އެ ކުންފުނީގެ 5ޖީ ނެޓްވޯކުން މިހާރު މުޅި މާލެ ސަރަހައްދު ކަވަރުކޮށް، ހައި-ސްޕީޑުގައި އަދި އިންޓަނެޓް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މެދުކެނޑުމެއް ނެތް އިންޓަނެޓް މިހާރު ފަހިވެފައިވާނެ ކަމަށެވެ.
އަދި އަގުހެޔޮކޮށް ހަލުވި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 5ޖީ އެއާ ފައިބާ ޕޯޓްފޯލިއޯއަށް ވަރުގަދަ އަޕްގްރޭޑްތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސް ތަކާއެކު ސްޕީޑްތައް އިތުރުކޮށްފައިވާނެ ކަމަށް ބުންޏެވެ.
އުރީދޫން ބުނީ، 5ޖީ އެއާފައިބާގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާއެކު އެ ހިދުމަތަކީ ވިޔަފާރިތަކާއި ގޭމު ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާއާއި ގޭމް އަޕްޑޭޓް ކޮށް ސްޓްރީމް ކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެކެވެ. އެގޮތުން އުރީދޫން ދަނީ 5ޖީ އެއާފައިބާގެ ތިން އޮފާއެއް ކުރިއަށް ގެންދަމުންނެވެ.
ފުރަތަމަ އޮފާއަކީ މި އަހަރުގެ ނިޔަލަށް 5ޖީ އެއާފައިބަރު ހިދުމަތަށް އެދޭ ފަރާތްތަކަށް ރައުޓަރުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްލޭނެކެވެ.
ދެވަނަ އޮފާއަކީ 5ޖީ ގޭމާސް ޕެކެވެ. އެ ޕެކް މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭނެއެވެ. މިއީ ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުންކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ.
އޭގެ އިތުރުން އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެއެވެ. މި ޕްލޭން http://ore.do/5gamers އަށް ވަދެގެން އެކްޓިވޭޓް ކުރެވޭނެއެވެ.
ތިންވަނަ އޮފާއަކީ ޕީއެސްޖީއާ ގުޅިގެން އުރީދޫން އެންމެ ފަހުން ތައާރަފު ކުރި އޮފާއެކެވެ. އެ އޮފާގެ ދަށުން ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީއާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތު ލިބޭނެއެވެ. ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން ދެ ރެއާއި ތިން ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މިހާރު ގެންގުޅޭ 5ޖީ އެއާފައިބަރު ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ. މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އަލަށް 5ޖީ އެއާފައިބަރު ހިދުމަތް ނަގާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
5ޖީ އެއާފައިބަރުގެ ހިދުމަތް އެކްޓިވޭޓް ކުރުމަށް http://ore.do/getairfibre އަދި އުރީދޫ ފްލައި ޓު ޕެރިސް އޮފާއާބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/paris ވަދެގެން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު