މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 217 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ދިރާގުން ހުސްވި މަހުގެ 31ވަނަ ދުވަހު އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 653 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 13.5 މިލިއަން ނުވަތަ ދެ ޕަސެންޓުގެ އިތުރުވުމެކެވެ.
ލިބުނު އާމްދަނީގެ ތެރެއިން މޯބައިލް ހިދުމަތްތަކުން ތިންވަނަ ކުއާޓަރުގައި 340 މިލިއަން ރުފިޔާ ލިބުނު އިރު، ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 293 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ލިބިފައިވަނީ 255 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު