ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ހެދި ކަމަށް ބުނެ، އެފްއޭއެމުން ފުރަތަމަ ޑިވިޝަންގެ ކުޅުން ހުއްޓާލާފައި އޮތް މި ދަނޑިވަޅުގައި ދެވަނަ ޑިވިޝަންގެ ފެށުންވެސް ފަސްކުރަން ނިންމައިފިއެވެ.
އެފްއޭއެމުން ކުރިން އެ އިދާރާގެ ކަލަންޑަރުގައި މުބާރާތް ފަށާ ގޮތަށް ނިންމާފައި އޮތީ ނޮވެމްބަރު 20ގައެވެ. އެ ތާރީހަށް ކުލަބްތަކުން ދުރާލާ ކުޅުންތެރިން ހޯދައި ތައްޔާރީތައް ފެށި ނަމަވެސް މުބާރާތް ބޭއްވޭނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. އެއީ އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާގެ މަސައްކަތްތައްވެސް ހުއްޓިފައި އޮތުމުންނެވެ. އަދި އެފްއޭއެމް އޮތީ ކޮރަޕްޝަންގެ މައްސަލަ ގަނޑެއްގެ ތެރޭގައި ދަރަނިވެރިވެފައެވެ.
އިއްޔެ އެފްއޭއެމުން އިއުލާން ކުރީ އެފްއޭއެމްގެ ދެވަނަ ޑިވިޝަންގެ މުބާރާތް ފަށަން މިހާރު ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 10ގައި ކަމަށް އިއުލާންކޮށްފައެވެ. އެފްއޭއެމުން އާ ތާރީހު އިއުލާން ކުރީ އެ އިދާރާގެ ފޭސްބުކް ޕޭޖުގައެވެ. ރަސްމީކޮށް ބަޔާނެއް ނުނެރެ މުބާރާތް ފަސްކުރަން ނިންމި އިރު، އެފްއޭއެމުން ލީގުގެ ކަންކަން ކުރިއަށް ގެންދާ ގޮތަށް ގިނަ ކްލަބުތަކަކުން ވަނީ ފާޑުކިޔައިފައެވެ.
އެފްއޭއެމުން އިއްޔެ އިއުލާނު ކުރި ގޮތުގައި މިހާރު ތިންވަނަ ޑިވިޝަން ފަށަން އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މުބާރަތްތައް ފަސްކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކްލަބުތަކަށް ބޮޑުތަނުން ކުރާ ކަމެކެވެ. ހާއްސަކޮށް ދެވަނަ ޑިވިޝަނަށްވެސް ކްލަބުތަކުން ބޮޑެތި ހަރަދުތައްކޮށް ތައްޔާރުވަމުންދާ އިރު، އެ ކްލަބުތަކުން މި ފަހަރު ގިނަ އެއްބަސްވުންތަކެއް ހެދީ ޑިސެމްބަރު މަހުގެ ނިޔަލަށް މުބާރާތް ނިމޭނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވެދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް