އިރާނުގެ ޑްރަގް ރިހެބެއްގައި އަލިފާން ރޯވެ 32 މީހުން މަރުވެއްޖެއެވެ.
އިރާނުގެ އުތުރުގައި ހިންގަމުންގެންދާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 32 މީހުން މަރުވެފައިވާ އިރު، 16 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އިރާނުގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ އެހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހާލުބޮޑު މީހުން ގިނަ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އަލިފާން ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގު ފަށާފައިވާ އިރު، މިހާތަނަށް ހާމަވި މައުލޫމާތުތަކަށް ބަލައި އަލިފާން ރޯވާން މެދުވެރިވީ އެތަނުގައި ބޭނުންކުރާ ހީޓަރެއްގައި ރޯވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ހަދިސާގެ ސަބަބު ހޯދުމަށް ފަށާފައިވާ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ބަލައި އެސެންޓަރު ހިންގަމުގައި ހަރަކާތްތެރިވާ މެނޭޖަރާއި އިތުރު އިސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
އިރާނަކީ ދުނިޔޭގެ ނިސްބަތުން ޑްރަގްގެ މައްސަލަ އާދަޔާ ހިލާފަށް ބޮޑު ގައުމެއް ކަމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމްސް އިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ