އެސްޓީއޯގެ އަހަރު ނިންމާ ސޭލް، އަހަރީ ސޭލް ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ، މިއަހަރު ނިމުން ފާހަގަކުރުމަށް އެސްޓީއޯއިން ލިބެން ހުރި ރަސަލް ހަބްގެ ޕޮރޮޑަކްޓްތަކުން ވެސް ސޭލް އަޅުވާފައިވާ ކަމަށެވެ. މި ބްރޭންޑްގެ ކޮންމެ އައިޓަމަކުންވެސް 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ޑިސެމްބަރު 15 އާ ހަމައަށެވެ. އަދި މި ޕްރޮމޯޝަން މާލޭގައި ހުރި އެސްޓީއޯ ފިހާރަތަކުގެ އިތުރުން އެސްޓިއޯ ރީޖަނަލް ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯއިން ލިބެން ހުރި ތަކެތީގެ އަގުތައް އަތްފޯރާފަށަށް ތިރިކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ހާއްސަ އޮފާތަކެއްގެ ދަށުން އެތަނުން ގަންނަ ފްރިޖަކުން ހީލެ އަވަނެއް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށްގެންދާ ކަމަށް ބުންޏެވެ.
މި ޕްރޮމޯޝަންގައި 250 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕޮރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ވަނައަށް ސިންގަޕޫރު ދެކޮޅު ޓިކެޓް، ދެ ވަނައަށް ޓީވީއެއް އަދި ތިން ވަނައަށް ސްޕީކާއެއް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު