ގައުމީ ސާފިން ލީގުގެ އެންމެފަހު މުބާރާތް، ރަންނަމާރި ޗެލެންޖުގެ ޓީމް އިވެންޓް، މަރުހަބާ ކަޕްގެ ޗެމްޕިއަންކަން ސެމީ ފައިނަލަށް ގދ. ގައްދޫ، ކ. ތުލުސްދޫ، ކ. މާލެ އަދި ރ. ރަސްމާދޫ ދަތުރު ކޮށްފިއެވެ.
މަރުހަބާ ކަޕްގެ ކުއާޓާ ފައިނަލް ހީޓްތައް އިއްޔެ ކުރިއަށްދިޔަ އިރު، ހީޓް އެކެއްގައި ވާދަކުރީ ތުލުސްދޫއާއި ރަސްމާދޫ އަދި މ. މުއްޔެވެ. ތުލުސްދޫން އެ ހީޓްގެ އެއްވަނަ ހޯދީ 30.35 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ނިންމާލި ރަސްމާދޫ ހޯދީ 26.15 ޕޮއިންޓެވެ. މުއްޔަށް ހޯދުނީ 13.35 ޕޮއިންޓެވެ.
ކުއާޓާ ފައިނަލްގެ ދެވަނަ ހީޓްގައި ގދ. ގައްދުއާއި މާލެ އަދި ކ. ގުޅި ވާދަކުރި އިރު، އެއްވަނަ ހޯދީ ގައްދުއެވެ. އެއީ 18.15 ޕޮއިންޓް ހޯދައިގެންނެވެ. މާލެއިން ދެވަނަ ހޯދީ 17.80 ގެ ސްކޯއަކާއެކުގައެވެ. ތިންވަނަ ހޯދި ގުޅިއަށް ލިބުނީ 13.80 ގެ ސްކޯއެކެވެ.
މަރުހަބާ ކަޕްގެ ސެމީގެ ހީޓްތައް މިއަދު ކުރިއަށްދާ އިރު، ތުލުސްދޫ ނުކުންނާނީ މާލެއާ ދެކޮޅަށެވެ. ރަސްމާދޫ ނުކުންނާނީ ވަރުގަދަ ގައްދުއާ ދެކޮޅަށެވެ.
ރަންނަމާރި ޗެލެންޖެގެ ފިރިހެން އޯޕަން ޝޯޓް ބޯޑު ކެޓަގަރީގެ ސެމީ ހީޓްތައްވެސް މިއަދު ކުރިއަށްދާ އިރު، ވާދަކުރަނީ ހުސައިން އަރީފާއި ހޫދު އަހުމަދު އަދި ނަޖާހު މުހައްމަދު (ކަބޯ) އާއި އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަންހެން ޑިވިޝަންގެ ފައިނަލް ހީޓަށްވެސް ތައްޔާރުވެފައިވާ އިރު، ފައިނަލުގައި ވާދަކުރާނީ އާޔާއާއި ނަހާ ނަސްރުﷲ އެވެ.
ސާފިން
ސާފިން
ސާފިން
ސާފިން