ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ދެމީހަކު މަރުވެއްޖެއެވެ.
ބަންގްލަދޭޝްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ޑާކާގައި ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ މުޒާހަރާގެ ބައިވެރިންނާއި އެ ގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިކަތިލުންތަކެއް ހިނގާފައިވާއިރު އެކި ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަންނަ ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން އެ ގައުމުގެ މިހާރުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދިނުމަށް ޑިމާންޑުކޮށް އެ ގައުމުގެ އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީން ވަނީ ބޮޑެތި ރެލީތައް ބާއްވަން ފަށާފައެވެ.
ނެޝަނަލިސްޓް ޕާޓީގެ އޮފިޝަލަކު ވަނީ ފުލުހުން އެ ޕާޓީގެ ދެމީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
ހަމަނުޖެހުންތަކުގައި އެ ގައުމުގެ 15 ފުލުހަކަށްވެސް އަނިޔާވެފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.
ނެޝަނަލިސްޓް ޕާޓީން ވަނީ މިހާރުގެ ބޮޑު ވަޒީރު ވެރިކަމުގައި ހުރެގެން އެގައުމުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ