ރާއްޖޭގެ އިގުތިސޯދަށް އަންނަ އަހަރު 5.5 ޕަސަންޓުގައި ކުރިއަރާނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހަށް، ފިނޭންސް މިނިސްޓްރީން ފޮނުވި ބަޖެޓުގައިވާ ގޮތުން 2024 ވަނަ އަހަރަކީ 2020 ވަނަ އަހަރުގެ ފަހުން ދިގު ރާސްތާގައި އިގުތިސޯދީ ދުވެލި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ ދަށްވާނެ ފުރަތަމަ ފަހަރެވެ.
އަންނަ އަހަރު އިގުތިސޯދީ ކުރިއެރުން ދަށްވާނެ ސަބަބެއް ކަމަށް ބަޖެޓުގައި ބަޔާންކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމެވެ. އެހެންކަމުން ފަތުރުވެރިކަމުން ޖީޑީޕީއަށް އަންނަ ކުރިއެރުން ދަށްވުމުގެ ފުރުސަތު އޮތް ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
މި އަހަރު ރާއްޖޭގެ އިގުތިސޯދަށް 8.7 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. ބަޖެޓުގައިވާ ގޮތުން އެ އަދަދަކީ ދިިގު ރާސްތާގައި އެވްރެޖުކޮށް އިގުތިސޯދު ކުރިއަރާ މިންވަރަށްވުރެ އިތުރު މިންވަރެކެވެ. އަދި މެދު ރާސްތާގައި ރާއްޖޭގެ އިގުތިސޯދީ ދުވެލި އެވްރެޖުކޮށް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 6.7 ޕަސަންޓުގައި ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި