ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މުއިއްޒު ފުރާވަޑައިގަންނަވާނީ މިރޭ 11:40 ގައި ފުރާ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުންނެވެ. އަދި އެއީ އާއިލާއާއެކުގައި ކުރައްވާ ދަތުރުފުޅެއްކަންވެސް އެނގިފައިވެއެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅަށްފަހު މުއިއްޒު އެނބުރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.