އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ ޖޫނިއާ ރޭންކިން 10 ވަނައިގައި ރާއްޖޭގެ އާމިން އުމަރު މޫސާ، އަހަރު ނިންމާލައިފިއެވެ.
އާމިންއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ބޮޑީބޯޑަރެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރުވެސް ދުނިޔޭގެ ރޭންކިންގައި ރަނގަޅު ހިސާބެއްގައި ވާދަކޮށްފައެވެ. ހާއްސަކޮށް 2022 ވަނަ އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯއަށްފަހު އާމިން އޮތީ ދުނިޔޭގެ ތިންވަނައިގައި ރޭންކް ކުރެވިފައެވެ. މިއަހަރުވެސް ރާއްޖޭގައި ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ސެމީ ފައިނަލަށް އާމިން ދަތުރު ކޮށްފައިވެއެވެ. އޭނާ ވަނީ މިއަހަރު ތެރޭގައި އިތުރު ވޯލްޑް ޓުއާ އިވެންޓްތަކުގައިވެސް ވާދަކޮށްފައެވެ.
އެގޮތުން އާމިން ވަނީ ވިސިޓް މޯލްޑިވްސްގެ އިތުރުން ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އަދި ސްޕެއިންގައި އޮތް ފްރޮންޓޮން ކިންގް އިވެންޓްގައިވެސް ވާދަކޮށްފައެވެ.
މިއަހަރަކީ އާމިން ޖޫނިއާ ޑިވިޝަނުގައި ވާދަކުރި ފަހު އަހަރެވެ. އަންނަ އަހަރުން ފެށިގެން އޭނާ ދެން ވާދަކުރަމުންދާނީ ސީނިއާ ޑިވިޝަނުގައި އެކަންޏެވެ.
އާމިން 10 ވަނައިގައި 2417 ޕޮއިންޓާއެކު އޮތް އިރު، މިއަހަރުގެ އެއްވަނައިގައި ޓައިޓަލް ގެންދިޔައީ ޕެރޫގެ މައިކަލް ޔަންސޭ އެވެ. އޭނާ ގިނަ ޓުއާ އިވެންޓްތަކެއްގައި ވާދަކޮށް، 4250 ޕޮއިންޓް ހޯދާފައިވެއެވެ. ދެވަނައިގައި ބްރެޒިލްގެ ގުއިލާމޭ މޮންޓެނެގްރޯ ނިންމާލި އިރު، ތިންވަނައިގައި އަހަރު ނިންމާލީ ކެނަރީ އައިލެންޑްސްގެ ޖޯޖް ހެނާންޑޭޒްއެވެ.
އާމިންގެ އިތުރުންވެސް ބޮޑީބޯޑިންގައި އަބަދުވެސް ދިވެހި އެތުލީޓުން ބައިނަލްއަގުވާމީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ އިރު، އެންމެ ބޮޑު ޗެލެންޖަކަށް ވަނީ މުބާރާތްތަކަށް ދިޔުމުގެ ދަތިތަކެވެ. އާންމުކޮށް، މިހާރު އެތުލީޓުން މުބާރާތްތަކަށް ދަނީ އެސޯސިއޭޝަނުގެ އެހީތެރިކަމުގެ އިތުރުން އަމިއްލައަށް ކަންކަން ފަހިކޮށްގެންނެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)