ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މަޖިލީހުގެ މިއަދުގެ އެޖެންޑާ ކޮށްފައި ވަނިކޮށް ޖަލްސާ ކެންސަލް ކުރި މައްސަލައިގައި އެމްޑީޕީ މެންބަރުން ކުރި އިހުތިޖާޖުގެ ތެރެއިން، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ކޮމްޕިއުޓަރު އަދި އެ ކަމަނާގެ ފޯނަށް ގެއްލުން ދިން މައްސަލަ ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފިއެވެ.
ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލާ، ދިމާކޮށް އެ ބޭފުޅުންގެ ތެރެއިން ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓަރު ސިސްޓަމް ވައްޓާލައި މޯބައިލް ފޯނާއި އަތްދަބަހަށް ފެންޖަހައި، އެ ތަކެއްޗަށް ގެއްލުންދީފައިވާތީ އެކަން ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ކުށްވެރިކުރާ ކަމަށެވެ.
އޭގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި، ރިޔާސަތުގެ ގޮޑީގައި އިށީންނަވައި މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށާއި އެމްޑީޕީގެ މެމްބަރުންގެ އެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަމެއް ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ދަ ޑިމޮކްރެޓްސްއިން ވަނީ ގޮވާލައިފައެވެ.
މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެ އީވާ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު