ހާލުގައި ޖެހުނު އެމެރިކާގެ މަސްވެރިޔާ ދެ ހަފުތާ ފަހުން ފެނިއްޖެއެވެ.
މިމަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ވޮޝިންގްޓަން ކޯސްޓުން މަހަށް ނިކުމެ އުޅުނު މަސްބޯޓެއްގެ ހަބަރު ނުވެގެން ކޯސްޓްގާޑުން އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ހާލުގައި ޖެހުނު އެ މަސްބޯޓުން ދެމީހުން ދަތުރުކުރި ކަމަށް ކޯސްޓްކާޑުން ބުނެފައިވެއެވެ. ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ކަނޑުމަތިން އޮޔާދަނިކޮށް ފެނިފައިވަނީ ކެނެޑާގެ މަސްބޯޓަކަށެވެ.
ކެނަޑާގެ ބޯޓަށް އެމީހާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށްފަހު އެމީހާ ހޮސްޕިޓަލަށް ގެންދިޔަކަމަށް ކެނެޑާ ބޯޓާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ.
އެމެރިކާ ކޯސްޓްގާޑުން ވަނީ ދެމީހުންގެ ތެރެއިން އެކަކު ފެނުމާއެކު އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެފައެވެ. އަދި އެކަމުގެ ހާއްސަ ތަހުގީގެއްވެސް ކުރަމުން އަންނަ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ