ފަނަރަވަނަ ވޯލްޑް ބޮޑީބީލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ބޮޑީބިލްޑިންގެ ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާކަން ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވަނީ ޔަގީންކޮށްދެއްވައިފައެވެ.
އެކަން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން އިއްޔެ އިއުލާނުކޮށްފައިވާ އިރު، އެކަމާ ގުޅޭގޮތުން ބޮޑީބިލްޑިން އެސޯސިއޭޝަންގެ އެކްސްކޯގެ މެމްބަރުން އިއްޔެ ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފައެވެ. އެސޯސިއޭޝަނުން ބުނީ ބައްދަލުކުރެއްވުމުގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ މުބާރާތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން މުއިއްޒު ފާހަގަކުރައްވާފައިވާ ކަމަށާއި މުބާރާތް ފުރިހަމައަށް އިންތިޒާމުކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބިލައްވާނެކަން މުއިއްޒު ޔަގީންކުރެއްވި ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން ވަނީ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްވެސް ބާއްވައިފައެވެ. ދެ މުބާރާތުގައިވެސް ގައުމީ އެތުލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ.
ގައުމީ ބޮޑީބިލްޑިން ޓީމް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ދެކުނު ކޮރެއާގައި އޮންނަ 14 ވަނަ ބޮޑީބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕަށެވެ. އެމުބާރާތަށް ނުކުންނަ އިރު މިދިޔަ އަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަޒުނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފައެވެ. އެއީ ވޯލްޑް ޗެމްޕިއަންޝިޕަކުން ރާއްޖޭގެ ކުޅިވަރަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)