ދުނިޔޭގައި ފުރަތަމަ ފަހަރަށް ކެރެޓެއް 3ޑީ ޕްރިންޓު ކޮށްފިއެވެ.
ގަތަރުގައި ބޭއްވި ހެކަތޯނެއްގައި ބައިވެރިވި ދެ ދަރިވަރަކު ވަނީ 3ޑީ ޕްރިންޓަރެއް އުފައްދައި ކެވޭ ގޮތަށް ކެރެޓެއް ޕްރިންޓު ކޮށްފައެވެ.
މުހައްމަދު އަންނާން އާއި ލުޖައިން އަލް މަންސޫރީ ނަމަކަށް ކިޔާ އެ ދެކުދިން ވަނީ އެ ކުދިން އީޖާދު ކުރި ޕްރިންޓަރުގެ އެހީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެއްޗަށް ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މަގުފަހިވެގެން ދާނެ ކަން ފާހަގަކޮށްފައެވެ.
އެ މީހުން އުފެއްދި 3ޑީ ޕްރިންޓަރުން އާޓިފިޝަލް ތަރުކާރީ ސެލް އާއި ޔޫވީ ލައިޓް ބޭނުންކޮށްގެން ޕްރޮޓޯޓައިޕް ކެރެޓު ހަދައެވެ. އެ ކެރެޓަކީ އެހެން ކެރެޓުތަކުގައި ލާ ރަހަ ލާނެ ކެރެޓު ކަމަށާއި އެއީ ކެއުމުގައި ބޭނުން ކުރެވޭނެ ކެރެޓު ކަމަށްވެސް އެ ކުދީން ބުނެއެވެ.
މުހައްމަދު އަންނާން އާއި ލުޖައިން އަލް މަންސޫރީގެ އަމާޒަކީ އެ ޕްރިންޓަރުގެ އެހީގައި އުފައްދާ ކާބޯތަކެތު ބޭނުން ކުރުމުގެ ހުއްދަ އިދާރާތަކުން ދީ އެކަން ފުޅާކުރުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ