ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ހުޅުމާލޭގައި ތިން ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ ފަލަސްތީނަށް އެހީވުމަށް ބާއްވާ އެ ހަރަކާތްތައް ހިންގުމަށް އެ ކުންފުނީން އެހީވާން ނިންމާފައިވާ ކަމަށެވެ. އެކި ދުވަހަށް ބަހާލައިގެން ބާއްވާ އެ ހަރަކާތްތައް މިއަދުން ފެށިގެން މި މަހުގެ 30އާ ހަމައަށް ކުރިއަށް ދާނެއެވެ.

އެގޮތުން، އިލްމުވެރިންގެ ގުޅުމުންނާއި ހިދުމަތް ޖަމިއްޔާ ގުޅިގެން މިއަދު ހަވީރު ފޭސް 2ގެ ހިޔާ ޕާކުގައި "ފަލަސްތީނުގެ ހާލާމެދު" މައުލޫއަށް ދީނީ އިލްމުވެރިންނާއެކު ޕެނަލް ޑިސްކަޝަނެއް ކުރިއަށް ދާނެ އެވެ. އަދި މޮމްސް އެންޖީއޯއިން ހިންގާ ފަންޑް ރެއިޒިން އިވެންޓެއް މާދަމާ ހިޔާ ސަރަހައްދުގައި އޮންނާނެއެވެ.

އޭގެ އިތުރުން، ކޭކް ޑޯނާސްއިންވެސް ފަންޑް ރެއިޒިން އިވެންޓެއް ބާއްވަން ހަމަޖެހިފައި ވެއެވެ. އެ އިވެންޓު މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ކުރިއަށް ދާނެއެވެ.

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ބާއްވާ މި އިވެންޓުތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އާބަންކޯއިން ވަނީ އެދިފައެވެ.