ބަތަލާ ޝްރައްދާ ކަޕޫރަކީ އޭނާގެ ލައިފްސްޓައިލް އެހާ އާންމުކޮށްގެން އުޅޭ ތަރިއެއް ނޫނެވެ. ނަމަވެސް އިންޑިއާގައި ފާހަގަ ކުރާ ދުޝޭރާ ފެސްޓިވަލްއާ ގުޅުވައިގެން އޭނާ މިވަނީ އަމިއްލައަށް ހަދިޔާއެއް ގަނެފައެވެ. އަދި އެކަން އޭނާގެ ރަހްމަތްތެރިޔަކު ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.
އެގޮތުން ޝްރައްދާ ވަނީ ރަތް ކުލައިގެ ލަމްބޯގިނީ ހުރަކަން ޓެކްނިކާއެއް ގަނެފައެވެ. އެ ކާރުގެ އަގު 4.04 ކްރޯޑް އިންޑިއަން ރުޕީސްއަށް އަރައެވެ.
އެކުވެރިޔާގެ ޕޯސްޓުގައި ޝްރައްދާއަށް ވަނީ ގިނަ ތައުރީފުތަކެއް ކޮށްފައެވެ. އެގޮތުން އެހެން އަންހެންކުދިންވެސް ޝްރައްދާގެ ދިރިއުޅުމަށް އިންސްޕަޔާވެ މަސައްކަތްކޮށް ކާމިޔާބީއަށް ވާސިލްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން މުމްބާއީގައި ލަމްބޯގިނީއެއް އަންހެނަކު ގަތް އެއީ ފުރަތަމަ ފަހަރު ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ޕޯސްޓަށް ޝްރައްދާވެސް ވަނީ ޝުކުރުއަދާކޮށް ކޮމެންޓްކޮށްފައެވެ.
އިންޓަނެޓުގައި ޝްރައްދާ އެކާރު ދުއްވާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާންމުވެފައެވެ.
ޝްރައްދާގެ އެންމެ ފަހުން ރިލީސްވި ފިލްމަކީ ރަންބީރު ކަޕޫރާއެކު ކުޅެފައިވާ ރޮމް-ކޮމް ފިލްމު ތޫ ޖޫޓީ މެއި މައްކާރެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާޖްކުމާރު ރާއޯގެ ފިލްމު ސްޓްރީ 2 އިންނެވެ. އެ ފިލްމުގެ މަސައްކަތް ޗަންދޭރީ، މަދްތާ ޕްރަދޭޝްގައި ވަނީ ފަށާފައެވެ. އަންނަ އަހަރު އޮގަސްޓުގައި ރިލީސްކުރަން ހަމަޖައްސާފައިވާ އެ ފިލްމަކީ ބިރުވެރި ކޮމެޑީ ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް