ފައިސާގެ މައްސަލައެއްގައި ފުލުހުން އެފްއޭއެމްއަށް ވަދެއްޖެއެވެ.
ފުލހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެފްއެއެމްއަށް ވަނީ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށް ކަމަށެވެ. އަދި އެ ތަހުގީގު ހިންގަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ބުންޏެވެ.
ފުުހުން ބުނީ ފުލުހުން އެފްއޭއެމް އަށް ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެތަނުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ދެއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ދާދި ދެންމެއަކު ބަޔާނެއް ނެރެފައި ވެއެވެ. އެގޮތުން އެ ބަޔާނުގައި ބުނީ ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ ގާނޫނާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް މަގުފަހިވާ ގޮތަށް ބޭނުންކުރެވޭ ކަމުގެ ތުހުމަތެއް އޮތުމަޖީ ޕްރޮސެކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަނުގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންނާއި ވައްކަމާއި ހިޔާނާތާއި މަކަރާއި ހީލަތުގެ ނުވަތަ އެނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިންގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވައެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް އަމުރުކޮށްފައިވެއެވެ." ބަޔާނުގައި ވެއެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު