މިއަދު ހެނދުނު މާލެ ކައިރި ކަނޑުމަތީގައި މަރުވެފައި އޮއްވައި ފެނުނީ ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހެއް ކަމަށް އެމްއެންޑީއެފުންނާއި ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެ މީހާ ގެއްލިގެން ރިޕޯޓް ކުރީ ރޭ 19:54 ހާއިރު ކަމަށާއި އެ ރިޕޯޓް ލިބުމާ އެކު މާލޭ އޭރިއާ ކޯސްޓްގާޑުން ރެއިން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ޑައިވަރުންނާއެކު އެ ސަރަހައްދުގެ ކަނޑުގެ އަޑިން 41،590 އަކަ މީޓަރުގެ ސަރަހައްދެއް ބެލި ކަމަށްވެސް ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރަސްފަންނާ ދިމާލު މޫދަށް ފުންމާލި މީހާ މޫދުގައި ފެންނަން އޮތުމުން ސީނަށް އެޓެންޑުވި ފުލުހަކު އެ މީހާ ސަލާމަތް ކުރުމަށް މޫދަށް ފުންމާލައިގެން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފަތާފައި އެ މީހާއާ ހިސާބަށް ދިއުމުގެ ކުރިން އެ މީހާ ވީނުވީއެއް ނޭނގި ގެއްލުނު ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ދޫނިދޫ ކައިރިން މިއަދު ފެނުނީ މިއަދު ހެނދުނު އެމްޓީސީސީ ފަޅުވެރިންތަކަކަށެވެ. އެކަމުގެ ރިޕޯޓް މިއަދު 9:19 ހާއިރު ލިބިގެން ކޯސްޓްގާޑުގެ ސިފައިންގެ އެހީގައި މިހާރު އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.