ހިންދޫ ދީނުގެ އަޅުކަމަކަށް އަންނަ ހޯމަ ދުވަހު ޓްރިވެންޑްރަމް އެއާޕޯޓު ބަންދު ކުރަން ނިންމައިފިއެވެ.
އިންޑިއާގެ ތިރުވަނަންތަޕޫރަމް ގައި ހުންނަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ހަވީރު 4 އިން ރޭގަނޑު 9 ޖަހަންދެން ކަމަށް އެއެއާޕޯޓުގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެއެއާޕޯޓުން ނެރުނު ބަޔާނެއްގައި ވާ ގޮތުން ހިންދޫ ދީނުގެ ހާއްސަ އަޅުކަމެއް ކުރުމަށް ބޭނުންކުރާ ރޫޓު ހިމެނެނީ އެއެއާޕޯޓުގެ ރަންވޭ މަތިންނެވެ. މިއީ ކޮންމެ އަހަރަކު ދެފަހަރު ކުރާ ކަމެއް ކަމަށާއި މި އަޅުކަން ކުރަމުން ގެންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ހޯމަ ދުވަހު އެއާޕޯޓު ބަންދުވާ ވަގުތު އެއެއާޕޯޓަށް އަންނަ ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލު ގެނެސް އެ އެއާލައިންތަކަށް އެކަން އަންގާފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ