އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް މަހުގެ ފަހުކޮޅުގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އިންތިހާބު ސީދާ ތާރީހު ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ.
"ދާއިރާތައް ފައިނަލްކޮށްފައި ލަސްތަކެއްނުވެ ތާރީހެއްވެސް އިއުލާނުކުރެވިގެންދާނެ" ފުއާދު ވިދާޅުވިއެވެ.
މަޖިލީހަށް އިތުރުވި ހަ ދާއިރާއާ އެކީ މަޖިލީހުގެ 20 ވަނަ ދައުރަށް ޖުމުލަ 93 މެމްބަރުން އިންތިހާބު ކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. މަޖިލީހަށް 93 ގޮނޑި އިތުރުވާއިރު، މާލެއަށް ދެ ގޮނޑި އިތުރުވާނެ އެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބު ކައިރިވަމުން އަންނަ އިރު، ވަރަށް ގިނަ އަދަދެއްގެ މީހުން އަންނަނީ މަޖިލީހަށް ކުރިމަތިލާނެ ކަމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ކެމްޕޭންވެސް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު