ރާއްޖޭގައި ޖާދޫގަރުންގެ ޖަމިއްޔާއެއް ރަޖިސްޓަރީކޮށްފިއެވެ.
"މޯލްޑިވްސް މެޖީޝަންސް އެސޯސިއޭޝަން"ގެ ނަމުގައި، ޖާދޫހަދާ މީހުންނާއި އިލޫޝަންސް ހަދާ މީހުންނަށް ހާއްސަކޮށްގެން ރަޖިސްޓްރީ ކުރި މި ޖަމިއްޔާގެ ރައީސަކީ، މަޝްހޫރު ޖާދޫގަރު މުހައްމަދު ޝަރީފު (ބެގޯނިއާ) އެވެ.
އެ ޖަމިއްޔާ އުފައްދައި، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަރީފް ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ މަގުސަދަކީ، ޖާދޫ ހެދުމާއި އިލޫޝަނަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ތަފާތު ފުރުސަތުތައް ހޯދައިދީ އެ ދާއިރާ ރާއްޖޭގައި އިތުރަށް ކުރިއެރުވުމެވެ.
ޖާދޫގަރުންގެ ޖަމިއްޔާއިން މިހާރު ތައްޔާރުވަމުން އަންނަނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖޭގައި ޖާދޫގަރުންގެ ބޮޑު ފެސްޓިވަލެއް ބޭއްވުމަށެވެ. އެ ފެސްޓިވަލުގައި، ރާއްޖޭގެ އިތުރުން ފަސް ގައުމެއްގެ ޖާދޫގަރުންގެ ހުނަރުތައް ދައްކާލާނެެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު