އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރުވެރިކަން ޒުވާނުންގެ މެދުގައި ބޮޑުވެއްޖެއެވެ.
އެގޮތުން ބީއެމްއެލް މުންޖަލް ޔުނިވާސިޓީ (ބީއެމްޔޫ) އިން ކުރި ސާވޭގެ ރިޕޯޓެއްގައިވާ ގޮތުން ޒުވާނުންނާއި އަދި ހާއްސަކޮން ކިޔަވާ ދަރިވަރުންގެ ގާތްގަނޑަކަށް 63 ޕަސެންޓް ކުދިން ކަންބޮޑު ވަނީ އޭއައި ވަޒީފާގެ ދައުރުތަކަށާއި ވަޒީފާގެ ހަމަޖެހުމަށް ކުރާނެ އަސަރާ މެދުގައެވެ. 1997 އާއި 2012 އާ ދެމެދު އުފަންވި ޒުވާނުންނަކީ މިހާރު ދުނިޔޭގެ ކޮންސިއުމަރުންގެ 40 ޕަސެންޓާއި ކުރިއަށް އޮތް ވަޒީފާގެ ބާރުގެ ބޮޑު ބައެއް ތަމްސީލު ކުރާނެ މީހުންނެވެ.
އަންވެލިންގް ޓޫމޯރޯ އެމްޕަވަރިން ޖެން ޒެޑް އިން ނެރުނު (އަ ޗޭންޖިން ވޯލްޑް) ރިޕޯޓުން ދައްކާފައިވާ ގޮތުގައި ޒުވާނުންގެ 65 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އޭއައި އިން އިންސާނީ ދިރިއުޅުމުގެ އެކި ކަންކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. ހާއްސަކޮން ވަޒީފާގެ ބާޒާރަށް މިކަމުގެ ސަބަބުން ގެއްލުންވެ ޒުވާނުން ބޭނުންވާ ވަޒީފާތައް މަދުވާނެ ކަމަށް މި ސާވޭ ރިޕޯޓުން ވަނީ ދައްކައިފައެވެ.
"ސަގާފީ ވަޒީފާގެ ދައުރު" މި ލަފުޒުން ދޭހަވަނީ ގިނަ ދުވަސްތަކަކަށް ބަދަލެއް ނައިސް ހުންނަ ވަޒީފާތަކާއި އަދި އަހަރު ތަކެއް ވަންދެން ކުޑަ ބަދަލެއް އައިސްފައިވާ މަގާމުތަކަށާއި އާންމުކޮށް ކޮންމެ ދުވަހަކު ކޮށްލަ ކޮށްލާ ތިބޭ މަސައްކަތްތަކެވެ.
މިސާލަކަށް އެކިއެކި ފަރުނީޗަރު އުފައްދާ މީހުންނާއި، އެސެމްބްލީ ލައިންގައި މަސައްކަތްކުރާ މީހުންނާއި ޑޭޓާ އެންޓްރީ ކްލާކްތަކާއި ބޭންކް ކައުންޓަރުތަކުގައި ތިބޭ މީހުން ހިމެނެއެވެ. އަދި ޑިޖިޓަލް ކޮންޓެންޓް ހަދާ މީހުންނާއި ވެބް ސައިޓްތަކާއި ޑޭޓާ އެނަލިސިސް އަދި ކޮންމެވެސް މިންވަރަކަށް ކޯޑިން ފަދަ ސަގާފީ ނޫން ވަޒީފާތަކަށް ވެސް ޗެޓްޖީޕީޓީ ފަދަ ޖެނެރޭޓިވް އޭއައި އާއި އެހެނިހެން ޕްލެޓްފޯމްތަކުން ބޭނުން ކުރާ އާޓިފިސިއަލް އިންޓެލިޖެންސްގެ ސަބަބުންވެސް އަސަރެއް ކުރެއެވެ.
އަދި އޭއައި ޓެކްނޮލޮޖީތައް ކުރިއަރުވައިގެން ކުރިމަތިވާ ގޮންޖެހުންތަކުގެ ވިސްނުން ވެސް މި ތަހުލީލުން ދައްކައެވެ. އެއީ މުހިންމު ގޮތެއްގައި ވަޒީފާގެ ބާޒާރުގައި އުފެދިދާނެ ބިރުވެރިކަން ހާމަކޮށްދޭ އަދި ވަޒީފާ ހޯދުމުގައި ޒުވާނުންނަށް އޮތް ޔަގީންކަން މިހާރު ނެތް ކަންކަމާއި ވަޒީފާ ބަދަލުވެދާނެ އެތައް ގޮތެއް މިހާރު އުފަންވެފައިވުމެވެ.
މި ހުރިހާ ކަމަކީ ވެސް މިހާރުގެ ކިޔަވާ ކުދިންނާއި ނޫކަށިފުރައިގެ ޒުވާނުންގެ ތެރެއިން 44 ޕަސެންޓް ދަރިވަރުން ކަންބޮޑުވާ ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ކަމުން މިހާރު އުފެދި ކުރިއަރުމުންދާ އޭއައިގެ ސަބަބުން ވަޒީފާގެ ބާޒާރަށް އަދި އަދާ ކުރަންޖެހޭ ވަޒީފާގެ ދައުރުތަކަށާއި ވަޒީފާގެ ހަމަޖެހުމަށް ބޮޑު އަސަރެއް ކުރާނެކަން މިހާރު މިވަނީ ޔަގީން ކުރެވިފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ