އދ. ދަނގެތިން މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އަދި އެ ހަދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު 11:42 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެކަމާ ގުޅޭ މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ ގެއްލިގެން ހޯދަނީ 60 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑު، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު