ޗައިނާގައި ތިބި ނޯތް ކޮރެއާގެ 600 މީހުން ޑީޕޯޓު ކޮށްލައިފިއެވެ.
ސައުތް ކޮރެއާއިން ވަނީ ޗައިނާގައި ތިބި ނޯތް ކޮރެއާގެ ގިނަ ބަޔަކު އެގައުމުން ޑީޕޯޓުކޮށް އެމީހުން އަނބުރާ ނޯތް ކޮރެއާއަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ޗައިނާއިން އެކުރަނީ ވަރަށް ދެރަ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.
ނޯތްކޮރެއާއިން ފިލައިގެން ނުކުންނަ މީހުންނާއި އެގައުމުން ބޭރުވުމަށްފަހު އަނބުރާ ނުދާ މީހުން އެކުލެވޭ އެ 600 މީހުން އަނބުރާ ފޮނުވާލައިފިނަމަ ނޯތް ކޮރެއާއިން އެމީހުންނާ މެދު އަޅާފާނެ ފިޔަވަޅަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އދ. އިން ނޯތް ކޮރެއާއަށް ކަނޑައަޅާފައި ހުންނަ އިންސާނީ ހައްގުތަކާބެގޭ އިސްފަރާތް އެލިޒަބަތް ސެލްމަން ވަނީ 2000 އެއްހާ މީހުން ނޯތް ކޮރެއާއިން ޗައިނާ އަށް ފިލައިގެން ވަގަށް އެތެރެވެފައިވާކަން ފާހަގަކޮށްފައެވެ.
ޗައިނާއަށް ވަގަށް އެތެރެވާ ނޯތްކޮރެއާ މީހުން އެއީ ރެފިއުޖީންގެ ގޮތުގައި އެގައުމުން ނުބަލައެވެ. އަދި އެމީހުންނަކީ އިކޮނޮމިކް މައިގްރަންޓުން ކަމަށް ބުނެ ޗައިނާއިން ވަނީ އެމީހުން އަނބުރާ ފޮނުވަން ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ