ފްރާންސްގައި ޕްރޯ ފަލަސްތީން މުޒާހަރާތައް ބޭއްވުން މަނާކޮށްފިއެވެ.

ފްރާންސްގެ ދާހިލީ ވަޒީރު ޖެރަޑް ޑާމެނިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޕްރޯ ފަލަސްތީން މުޒާހަރާތައް ބާއްވާ ނަމަ، އެކަން ކުރާ ބަޔަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އޭގެން މުޒާހަރާއެއްގައި ބިދޭސީއަކު ނުވަތަ ޓޫރިސްޓަކު ބައިވެރިވެއްޖެ ނަމަ އެ މީހަކު އެ ގައުމުން ޑީޕޯޓް ކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނަށް ހަމަލާދީ، ކުށެއް ނެތް އެތައް އާންމުންނެއް ޝަހީދުކުރަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ.

ނަމަވެސް ބައެއް ގައުމުތަކުގައި އެފަދަ އެއްވުންތައް ވަނީ ހުއްޓުވައިފައެވެ. އެގޮތުން ޖަރުމަންގެ ބާލިންގައި ކުރިޔަށްދިޔަ ޕްރޯ ފަލަސްތީން މުޒާހަރާއެއް އެ ގައުމުގެ ފުލުހުން ވަނީ ހުއްޓުވައިފައެވެ.