ލަންޑަނުގެ އެއާޕޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހުރިހާ ފްލައިޓެއް ސަސްޕެންޑުކޮށްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ ލަންޑަނުގެ ލޫޓޮން އެއާޕޯޓުގެ ޓާމިނަލެއްގެ ޕާކިންލޮޓެއްގައެވެ.
ލޫޓޮން އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގުމާ އެކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށާއި އެއާޕޯޓުން ދަތުރުކުރުމަށް އަންނަ ފަސެންޖަރުންވެސް އެ އެއާޕޯޓު ހިމެނޭ ސަރަހައްދަށް ނުވަނުމަށް އަންގާފައިވާ ކަމަށެވެ.
ހާދިސާ ހިނގުމާއެކު އެމަޖެންސީގައި ހަރަކަތްތެރިވާ ފަރާތްތަކުން އެއާޕޯޓު ބަންދުކޮށް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެހާދިސާ އަކީ އެހާ ބޮޑު ހާދިސާއެއް ނޫން ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް ހާދިސާ ހިނގާފައިވަނީ އެއާޕޯޓުގައި ކަމަށް ވުމުން އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް އޮފިޝަލުން ކުރަމުންދެއެވެ.
ހާދިސާގެ ސަބަބުން ބައެއް ފަޔަފައިޓަރުންނާއި އެއާޕޯޓުގެ މުވައްޒަފުންނަށް ދުމުގެ އަސަރުކޮށްގެން ފަރުވާދީފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ