މިފްކޯއިން ނެގި 150 މިލިއަން ރުފިޔާގެ ލޯނަކާއި ފެނަކައިން ނަގާފައިވާ 200 މިލިއަން ރުފިޔާ ލޯނަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މެންބަރުންނާ ހިއްސާކޮށްފިއެވެ.

ސަރުކާރުން ގެެރެންޓީ ދީގެން މިފްކޯއިން ލޯނު ނަގާފައިވަނީ، ހަބީބް ބޭންކުންނެވެ. ފެނަކައިން ލޯނު ނަގާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ.

  • ލޯނު ނެގި ތާރީހު: 19 ނޫން 2023
  • ނެގި އަދަދު: 150 މިލިއަން ރުފިޔާ
  • އިންޓްރެސްޓް ރޭޓް: 8.89 ޕަސެންޓް (8.33 މިލިއަން ރުފިޔާ)
  • ފްލޯ ރޭޓް: ހަތް ޕަސެންޓް
  • ޕްރޮސެސިން ފީ: 2.25 މިލިއަން ރުފިޔާ
  • ލޯން ސާވިސް ކުރުމަށް ހިނގާނެ ކަމަށްބެލެވޭ ހަރަދު: 160.5 މިލިއަން ރުފިޔާ
  • ލޯނު ދައްކައި ނިންމަންޖެހޭ ތާރީހު: 2028ގެ ނިޔަލަށް
  • ލޯނު ނެގި ތާރީހު: 20 ޖޫން 2023
  • ނެގި އަދަދު: 200 މިލިއަން
  • ޕްރޮފިޓް ރޭޓް: 3.5 ޕަސެންޓް
  • ޕްރޮސެސިން ފީ: 5.66 މިލިއަން ރުފިޔާ
  • އިފެކްޓިވް އިންޓްރެސްޓް ރޭޓް: 5.1 ޕަސެންޓް
  • ލޯނަށް ހިނގާނެ ޖުމުލަ ހަރަދު: 218.3 މިލިއަން ރުފިޔާ

މީގެ އިތުރުން ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ ފަރާތުން ސަރުކާރަށް ލިބިފައިވާ އިތުރު ހިލޭ އެހީއާއި ލޯނާ ބެހޭ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

އޭގެ ތެެރެއިން އެއް މުއާމަލާތަކީ 52.8 މިލިއަން ޑޮލަރުގެ މުއާމަލާތެކެވެ. ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާއިން ސައުތް ވެސްޓް އިންޑިއަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކޮށްފައިވާ މި މުއާމަލާތުގައި ހިމެނެނީ ހިލޭ އެހީގެ 26.4 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައި ދިން 26.4 މިލިއަން ޑޮލަރެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 0.8 ޕަސެންޓެވެ.

އޭގެ އިތުރުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކޮންޓިޓިއުނަސް އެންޑް ގްރޯތް ޕްރޮޖެކްޓަށް އައިޑީއޭ އިން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 7.5 މިލިއަން ޑޮލަރާއި 7.5 މިލިއަން ލޯނާއެކު ޖުމުލަ 15 މިލިއަން ޑޮލަރުގެ މައުލޫމާތުވެސް ވަނީ މަޖިލީހާ މިއަދު ވަނީ ހިއްސާކޮށްފައެވެ. އެ ދެ ލޯނަކީވެސް 2063 ވަނަ އަހަރުގެ ނިޔަލަށް ދައްކާ ގޮތަށް ނަގާފައިވާ ދެ ލޯނެވެ.