ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި މުދިމުން ފިޔަވައި އެހެން ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އަންގައިފިއެވެ.
ސީއެސްސީގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ސޮއިކުރައްވައި މިއަދު ނެރުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ، އެ ގޮތަށް އެންގީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ޖާގަަދިނުމުގެ ގޮތުން ކަމަށެވެ.
ސީއެންސީން ވަނީ މި ދުވަސްވަރު ސިވިލް ސާވިސްގެ މަގާމުތަކަށް އިއުލާން ކުރުމާއި ވަޒީފާއަށް މީހުން ހަމަޖެއްސުމާއި މަގާމުގެ ކުރިއެރުމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގައި އަމަލުކުރަންޖެހޭ ބައެއް ކަންކަން އެ ސާކިއުލާގައި ބަޔާންކޮށްފައެވެ.
އެގޮތުން ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި މުދިމުންނާއި އިމާމުންގެ މަގާމުތަކަކީ އެ ހިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދެންޖެހޭ މަގާމުތަކެއް ކަމަށްވާތީ، އެ މަގާމުތަކަށް މިހާރުވެސް އޮންނަ އުސޫލުން މުވައްޒަފުން ހަމަޖެއްސޭނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެ ވަޒީފާތައް ފިޔަވައި އެހެން ވަޒީފާއަކަށް މުވައްޒަފުން ހަމަޖައްސަންވާނީ ކޮންމެހެން އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި ސީއެސްސީއަށް ލިޔެ، އެ ކޮމިޝަނުގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް ސާކިއުލާގައިވެއެވެ.
- އޮފާ ލެޓާ ދީފައިނުވާ މަގާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސާލުން
- އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި އާ މަގާމުތައް އުފެއްދުމާއި އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަގާމުތަކަށް މީހުން ހޯދުން މަޑުޖައްސާލުން
- އެތެރޭގެ މަގާމުތަކަށް އިއުލާނުކުރުން މަޑުޖައްސާލުން
- ކޮންޓްރެކްޓް/ވޭޖު/ ކޮންސަލްޓެންސީ އުސޫލުން މީހުން ހަމަޖެއްސުން މަޑުޖައްސައިލުން.
ޚަބަރު
ޚަބަރު
ޚަބަރު