އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 15 މީހުން މަރުވެއްޖެއެވެ.
އަފްގާނިސްތާނުގެ ހުޅަނގު ސަރަހައްދު ތަކަށް ރެކްޓާ މިންގަނޑުން 6.3 މެގްނިޓިއުޑްގައި އައި އެ ބިންހެލުމުގައި 15 މީހުން މަރުވި ނަމަވެސް އެއަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ އަފްގާނިސްތާނުގެ ހެރަތް ސިޓީއަށް އައި ބިންހެލުމަށްފަހު އެސަރަހައްދަށް އިތުރު ހަތް ލޮޅުން އައި ކަމަށް ބުނެފައެވެ.
އަފްގާނިސްތާނުގެ ޕަބްލިކް ހެލްތު ޑިރެކްޓަރު މުހައްމަދު ތާލިބް ޝާހިދު ވަނީ 78 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދޭން ޖެހުނު ކަމަށް ވިދާޅުވެފައެވެ.
1.9 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ހެރާތް ޕްރޮވިންސުން ބިންހެލުމަށްފަހު ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ