ތާސްބައިގެ ގަނޑުތަކެއް ބޭނުންކޮށްގެން ސްޓްރަކްޗާ ތަކެއް ހަދައި ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އިންޑިއާގެ އުމުރުން 15 އަހަރުގެ އަރުނަވް ޑަގާ ވަނީ އޭނާ ދިރިއުޅޭ ކޮލްކަތާގެ އިމާރާތްތަކެއް ސިފަވާގޮތައް ތާސްބައިގެ ކާޑުތައް ބޭނުންކޮށްގެން ސްޓްރަކްޗާ ހަދައިފައެވެ.

އަރުނަވް ވަނީ އޭނާގެ އެޕްރޮޖެކްޓްގައި 40 ފޫޓު ދިގު 11 ފޫޓު ހަތަރު އިންޗި އުސް އަދި 16 ފޫޓާއި އަށް އިންޗީގެ ފުޅާމިން ހުރި އެ އިމާރާތްތައް ސިފަވާ ސްޓްރަކްޗާ ހަދައި ދުނިޔޭގެ ރެކޯޑު މުގުރާލައިފައެވެ.

މީގެ ކުރިން އެރެކޯޑު ގާއިމްކޮށްފައިވަނީ ބައިރަން ބާގް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ 34 ފޫޓު އެއް އިންޗީގެ ދިގުމިން އަދި ހަސް އިންޗި އުސް 11 ފޫޓު ހަތް އިންޗި ހުންނަ ސްޓްރަކްޗާ އެއް ތާސްބައި ކާޑު ބޭނުންކޮށްގެން ހަދައިފައެވެ.

ސާޅީސް އެއް ދުވަހުގެ އެ މަސައްކަތަށް އަރުނަވް ވަނީ އޭނާގެ ރެކޯޑު ހެދުމަށް 143،000 ކާޑު ބޭނުންކުރި ކަމަށް ބުނެފައެވެ.