އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ރާއްޖޭގެ އަވަށްޓެރި އަދި ރާއްޖެއާ ގުޅުން އޮންނަ ހުރިހާ ގައުމުތަކުގެ ވެރިންނަށް ދައުވަތު ދެއްވާނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.
އިންތިގާލީ ތަރުޖަމާންގެ މަގާމަށް އައްޔަންކުރެއްވި ފަހުން ފިރުޒުލް މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުން އޮތީ އިންތިހާބީ ރައީސްގެ އޮފީސް ހުންނަ، މ. ދިމްޔާތުގައެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ރައީސް ކަމުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އަޅުގަނޑުމެން އަވައްޓެރި ހުރިހާ ގައުމުތަކަށާއި އަޅުގަނޑުމެންނާ ގާތް ގުޅުން ވަރަށް ގިނަ ގައުމުތަކަށް ދައުވަތު އެރުވުމަށް ތައްޔާރުވަމުން މި ދަނީ،" ފިރުޒުލް ވިދާޅުވިއެވެ.
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އަވައްޓެރި ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވާއިރު، އެ އޮފީހުގެ އެދިވަޑައިގަތުމަކަށް އެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު