އެސްޓީއޯއިން ރަސެލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ރަސެލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭއިރު ދެވަނައަށް ހުށަހަޅާފައި ވަނީ 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެކެވެ. ތިންވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެކެވެ.

ކިޗަން އެންޑް ހޯމް އެޕްލަޔަންސް ބްރޭންޑް، ރަސެލް ހޮބްސްއަކީ 1952 ވަނަ އަހަރު ވުޖޫދުވި، ދުނިޔޭގެ ނަން މަޝްހޫރު މަގުބޫލު ބްރޭންޑެކެވެ. މި ބްރޭންޑް އެސްޓީއޯއިން ރާއްޖެއަށް ތައާރަފު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.