"ކޮންކޯޑް 2" ދޯނިން މިފްކޯއަށް މަސް ކިރުވައިގެން އެއް ދުވަހުން 1.5 މިލިއަން ރުފިޔާ ހޯދައިފިއެވެ.
އެ ދޯނިން މިފްކޯއަށް މަސް ކިރުވާފައިވަނީ އިއްޔެއެވެ. އެއީ 60 ޓަނުގެ މަހެވެ. އެއީ 1.5 މިލިއަން ރުފިޔާއެވެ.
މިއީ މިފަހުން މަސްކިރުވައިގެން އެއް ދުވަސް ތެރޭގައި ދޯންޏަކަށް އެންމެ ގިނަ ފައިސާ ލިބުނު ފުރަތަމަ ފަހަރެވެ.
މިފްކޯއިން މަސް ކިރާފައިވަނީ ކިލޯއަށް 25 ރުފިޔާގެ ރޭޓުންނެވެ. ކުރިން މިފްކޯއިން މަސް ކިލޯއެއް ގަންނަނީ 17 ރުފިޔާ އަށެވެ.
"ކޮންކޯޑް 2" ދޯންޏަކީ އައްޑޫ ސިޓީ، މަރަދޫގެ ދޯންޏެކެވެ.
ކޮންކޯޑު ދޯނިން މިއަހަރު މާޗު މަހުވެސް 62 ޓަނު މަސްކިރުވާފައިވެއެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ތެރޭގައި މަޑަވެލީގެ ދޯންޏަކުން ވަނީ މިފްކޯއަށް 57 ޓަނުގެ މަސް ކިރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު