އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރިވެތި ނަމޫނާއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
އިންތިހާބީ ރައީސް، ޑރ. މުއިއްޒު، ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި ސިޓީފުޅުގައި ވަނީ، ރައީސް އޮފީހުގައި ރައީސް ސޯލިހު އެމަނިކުފާނާ ބައްދަލުކުރައްވައި އާ ސަރުކާރުގެ ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ ސިޓީފުޅުގައި ވަނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާއެކީގައި ކުރިއަށްގެންދަން ކުރާ މަސައްކަތަށް ބައެއް ކަންކަމުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުމަށާއި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުމާއި ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުންވެސް ބައެއް އެހެން ކަންކަން ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އެއީ:
- ބައިނަލްއަގުވާމީ މުއާހަދާލަތާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒފާއަކަށް އަލަަށް މީހަކު ނުދެއްވުން އަދި މަގާމުގެ ކުރިއެރުން ނުދިނުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު