އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމެޓީގައި އިސްކޮށް ހުންނަވާ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ޕީއެންސީގެ ޗެއާޕާސަންގެ އަބްދުއްރަހީމް އަބްދުﷲ ރަސްމީކޮށް އައްޔަންކޮށްފިއެވެ.
މުއިއްޒުގެ ފަރާތުން އަބްދުއްރަހީމްގެ ނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ސީއެސްސީން މިއަދު ވަނީ އިންތިގާލީ ކޮމިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަބްދުއްރަހީމް ހަމަޖައްސައި، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.
އިންތިގާލީ ކޮމިޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.
މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު ކާމިޔާބު ކުރެއްވީ 129,159 ވޯޓުންނެވެ. އެއީ 54 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109,868 ވޯޓެވެ. އެއީ 45 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު