ޕީއެސްޖީއާ ދެކޮޅަށް ކުޅެން ޖެހޭނީ "އެމޯޝަންސް" ކޮންޓްރޯލް ކޮށްގެން ކަމަށާއި، ނޫންނަމަ މެޗުން މޮޅުވާން އުނދަގޫވާނެ ކަމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނެފިއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގަށް ނިއުކާސަލް ކޮލިފައިވެފައި ވަނީ 2003 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ އިންތިޒާރަކަށްފަހުއެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ނިއުކާސަލްއިން ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ އޭސީ މިލާން ކައިރިން 0-0 ގެ ނަތީޖާއަކުންވީ އެއްވަރެވެ. އެ މެޗު އިޓަލީގައި ކުޅުނު ނަމަވެސް، މިރޭ ނިއުކާސަލްއިން ނުކުންނާނީ އަމިއްލަ ދަނޑުގައެވެ. މިއީ 2003 ވަނަ އަހަރު ބާސެލޯނާ ކައިރިން 2-0 އިން އަމިއްލަ ދަނޑުގައި ބަލިވިފަހުން، ނިއުކާސަލްއިން އަމިއްލަ ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗެވެ.
ޔޫރަޕްގެ ވަރުގަދަ ބާރެއް ކަމަށްވާ ޕީއެސްޖީން މިރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ކޯޗު ހޯވް ބުނީ ސަޕޯޓަރުންގެ ރޫހު ރަނގަޅުވާނެ ނަމަވެސް، ޖަޒުބާތުގައި ޖެހިގެން ކުރި ނުހޯދޭނެ ކަމަށެވެ.
"އަހަރެން އުންމީދު ކުރަން އަމިއްލަ ސަޕޯޓަރުންގެ ފަރާތުން ފެންނާނެ ފޯރި. އަހަރެން އުންމީދުކުރަން ހަނދާނުން ފޮހެލަން އުނދަގޫ ރެއަކަށް މިރޭ ވާނެ ކަމަށް. އަހަންނަށް އެނގޭ ސަޕޯޓަރުން ދޭ ލޯތްބާއެކު، ދަނޑުން އުފާވެރިކަމުގެ އިހުސާސް ކުރެވޭނެ. ޖަޒުބާތު ހުންނާނެ. އެކެމަކު ޖަޒުބާތުގައި ޖެހިގެން މެޗަށް ނުކުމެގެން ނުވާނެ. ބެލެންސް ކުރަން ޖެހޭ ކަމެއް އެއީ. ތަޖުރިބާކާރު ޓީމުތަކުގެ ތަފާތަކީވެސް އެއީ،" ހޯވް ބުންޏެވެ.
ނިއުކާސަލްއިން މިރޭ ފްރާންސް ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ލީގުގައި އެންމެފަހުން ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު މޮޅެއް ހޯދިފައި އޮތުމެވެ. އެ މެޗުގައި ނިއުކާސަލްއިން ވަނީ އަށް ގޯލު ޖަހައި، 8-0 އިން މެޗު ކާމިޔާބު ކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު