ހެއިޓީއަށް ބައިނަލްއަގުވާމީ ސިފައިންގެ ފޯސްއެއް ފޮނުވުމަށް އދ އިން ނިންމައިފިއެވެ.

އދ އިން މި ގޮތަށް ނިންމާފައި މިވަނީ ހެއިޓީގައި ސިޔާސީ ހަމަނުޖެހުންތަކާއި ގޭންގުތަކުގެ ނުރައްކާ ބޮޑުވެ އެގައުމުގެ ބޮޑުވަޒީރު އެރިއެލް ހެންރީ މި ކަމަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ.

އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް އާއި އެމެރިކާ އިން ވެސް ވަނީ ހެއިޓީއަށް އެހީވުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

30 މެންބަރުން އެކުލެވޭ އދގެ ނެޝަނަލް ކައުންސިލުން އެކަމާ ގުޅިގެން ނެގި ވޯޓުގައި ދެކޮޅު ހަދާފައިވަނީ ރަޝިޔާ އާއި ޗައިނާ އެވެ.

އދގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރުމާއެކު ހާއްސަ ފޯސް އެކުލަވައިލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެފޯސްގައި އިސްކޮށް ހަރަކާތްތެރިވަނީ ކެންޔާ އިން ކަމަށް އދ އިން ބުނެފައިވެއެވެ. ކެންޔާ އިން ކޮންޓްރޯލް ކުރުމަށް ހަމަޖެހިފައިވާ އެމިޝަން ގައި އެގައުމުން 1000 ސިފައިން ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ ހެއިޓީގައި އދ ގެ ހާއްސަ ފޯސް އިން ހަރަކާތްތެރިވާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ބުނެފައެވެ.