ހާއްސަ އޮފާތަކަކާއެކު ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން އެ އޮޕާތައް އިއުލާންކޮށްފައިވަނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވައިފައެވެ.

"ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާ އިރު، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ހިއްސާދާރުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވައި އެބޭފުޅުންގެ ޑިޖިޓަލް ދަތުރުގައި އަޅުގަނޑުމެން ހިޔާރުކުރެއްވިކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ގައުމު ކުރިއެރުވުމުގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތަކީ އެބޭފުޅުންގެ އެއްބާރުލުމާނުލާ ހާސިލު ނުކުރެވޭނެ ކަމެއްކަން ޔަގީން،" އަލީ ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑިޖިޓަލް މުސްތަގުބަލުގައި ކަސްޓަމަރުން ކުރިއެރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިރާގުން ގެނެސްދޭނެ ކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ޑިޖިޓަލް މުޖުތަމައެއް ބާރުވެރިކުރުވުމުގައި ދިރާގުން ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުއްވާލަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގަކީ ޒިންމާދާރު ކޯޕަރޭޓް ގަވަނަންސްގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށާއި އެގޮތުން އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުންރާއްޖޭގެ ތިމާވެއްޓަށް އަޅާލުމާއި ކުންފުނީގެ މުވައްޒަފުން ބިނާކުރުމާއި ދިވެހި ޒުވާނުން ކުރިއަރުވައި ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަދި ރާއްޖޭގައި އެންމެ ފުރަތަމަ ސަސްޓެއިނަބިލިޓީ ފަންކްޝަނެއް ގާއިމުކުރި އެއް ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏެއްގެ އިތުރުން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައިވެސް ކުރިއެރުން،" އޭނާ ވިދާޅުވިއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުޅިން އާ ތިން އޮފާއެއް ލޯންޗުކޮށްފައެވެ. އެއީ؛

  • ރީލޯޑް ބޮނަންޒާ: ދިރާގު އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App)) މެދުވެރިކޮށް ހޯދޭނެ.
  • ހިލޭ ރައުޓަރު އަޕްގްރޭޑް: ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަރުތައް ހިލޭ އަޕްގްރޭޑް ކުރެވޭނެ. އަދި ދިރާގު އެޕް https://bit.ly/Dhiraagu-App)) މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލައިލެވޭނެ.
  • ދިރާގު އީ-ޒޯން: މުޅިން އަލަށް ތައާރަފުކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިން އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ. އަދި މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފާއެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އާ ކޮންޓެންޓާއި ފީޗާތައް އިތުރުވަމުންދާނެ. ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯންއަށް އެކްސެސްވެވޭނެ.

އޭގެ އިތުރުން ދިރާގުން ވަނީ މުޅި އޮކްޓޯބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެ ކަމަށް އިއުލާންކޮށްފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެ ފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.