ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި އިއްޔެ ވާދަކޮށް އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ އަހުމަދު އާކޮށްފިއެވެ.
އޭޝިއަން ގޭމްސްގައި ފަސޫހާ އާކުރި ރެކޯޑަކީ މިދިޔަ ހަތަރު މަހާއި ހަތް ދުވަސް ތެރޭގައި އޭނާ 800 މީޓަރުގެ ގައުމީ ރެކޯޑު ހެދި ތިންވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު އޭނާ ވަނީ ދެމިނިޓް 27.92 ސިކުންތުން ދުވެ 13 އަހަރުވީ ގައުމީ ރެކޯޑު މުގުރާލައިފައެވެ.
އޭގެ ފަހުން، މިދިޔަ ޖުލައި މަހު ކުރިއަށްދިޔަ ގައުމީ ޓީމްގެ ޓައިމް ޓްރަޔަލްގައި އޭނާ ވަނީ ދެ މިނެޓު 21.83 ސިކުންތުން ދުވެ ގައުމީ ރެކޯޑު އާކޮށްފައެވެ.
ފަސޫހާ އިއްޔެ ރެކޯޑު އާކުރީ ދެ މިނެޓު 20.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފަސޫހާއަކީ މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް އަންހެން ދުވުންތެރިޔާއެވެ. ރަނގަޅު ތަމްރީނުތަކަކަށްފަހު ފަސޫހާ ކުރިއެރުންތަކެއް ހޯދަމުންދާ އިރު، އޭނާގެ ފަރާތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރަނގަޅު ކުރިއެރުންތަކެއް ފެނުނެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް