ބަންގްލަދޭޝްގައި ޑެންގޫ ފެތުރި ނުރައްކާ ބޮޑުވެއްޖެއެވެ.
ބަންގްލަދޭޝް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، މިއަހަރު މިހާތަނަށް އެ ގައުމުގައި ޑެންގޫ ޖެހިގެން 1000 އަށްވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ގައުމުގައި މަދިރިން ޖެހޭ ބަލިތަކެއް އިތުރުވެފައިވާއިރު ޑެންގޫ ފެތުރޭ ނިސްބަތް ވެސް ގިނަވެ ހޭލުންތެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއްވެސް ވަނީ ފަށާފައެވެ.
ބަންގްލަދޭޝް އިން ވަނީ އެ ގައުމުގެ ހޮސްޕިޓަލުތަކުގެ ކެޕޭސިޓީއަށްވުރެން ގިނަ ޑެންގޫ ކޭސް ރެކޯޑް ކުރެވިފައިވާކަމަށް ބުނެފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި ފަރުވާދޭ ވަސީލަތްތައްވެސް މަދުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ