ޗައިނާގެ އެސްޓްރަނޯޓުން ޖައްވުގައި އުއްބައްތިއެއް ރޯކޮށްފިއެވެ.

ޗައިނާގެ ޓިއާންގޮންގް ސްޕޭސް ސްޓޭޝަންގައި ތިބި ޗައިނާގެ ދެ އެސްޓްރަނައުޓުން ވަނީ ލައިވްކޮށް ކުރިޔަށް ގެންދިޔަ ހަރަކާތެއްގައި ޖައުވުގައި އުއްބައްތި ރޯ ކުރެވޭނެކަން ސާބިތު ކޮށްދީފައެވެ.

ޗައިނާގެ އެސްޓްރަނޯޓުން ބުނީ އެމީހުން ބޭނުންވީ ޖައްވުގައި އެއްވެސް ގްރެވިޓީއެއް (ބިމެއް ދެމުމުގެ ބާރެއް) ނެތް ނަމަވެސް އަލިފާން ރޯވެދާނެ ކަމަށާއި އެ ރޯވުމުން ހުންނާނެ ގޮތް ދައްކާލަން ކަމަށެވެ.

ޖައްވީ އުޅަނދެއްގައި އަލިފާން ގެންގުޅުމަކީ ނުރައްކާތެރި ކަމެއް ނަމަވެސް ޗައިނާގެ ސްޕޭސް ސްޓޭޝަނުން ވަނީ އެފަދަ ކަމެއްގެ ތެރޭގައި ހާދިސާއެއް ހިނގައިފިނަމަ އެކަމުން އަރައިގަނެވޭނެ ޓެކްނޮލޮޖީ ގާއިމު ކޮށްފައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އެއްވެސް ބާވަތެއްގެ އަލިފާން ގެންގުޅުމަކީ މަނާ ކަމެކެވެ.