ޅ. ނައިފަރުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުންދަނީ، ޅ. ނައިފަރު / ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ 28 ވަނަ ދުވަހުގެ ހަވީރު ނައިފަރުން ކަމަށެވެ. އެއިރު އެ ކުއްޖާ ލައިގެން ހުރީ، މުށިކުލައިގެ ޓޮޕަކާއި މަޑު ނޫކުލައިގެ ޖީންސެއް ކަމަށާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން، 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.