އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، މި މަހުގެ 18 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ އައިސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން، އެ ޝިޕްމަންޓް ބަލައި ފާސްކުރި އިރު، 4.030 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ.
އެތަކެތި ހުރީ ޝިޕްމަންޓުގެ ތެރޭގައި އޮތް ނުވަ ޕެކޭޖެއްގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 5.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ވަނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު