މި ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވި ނަމަވެސް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ބުނެފިއެވެ.
ޑީއެންއާރުން މިރޭ ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ދެ ދުވަހު އައިޑީ ކާޑު ދޫކުރާ ގޮތަށް ހަމަޖެއްސީ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު އެ ފަރާތްތަކަށް ދިނުމަށް ކަމަށެވެ. ނަމަވެސް އެ ދެ ދުވަހު ދޫކުރާނީ 18 އަހަރުން މަތީގެ އައިޑީ ކާޑުތައް ކަމަށް ބުންޏެވެ.
ޑީއެންއާރުން ބުނީ، ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ސަރުކާރުން ބުދަ ދުވަސް ސަރުކާރު ބަންދުކޮށްފައި ވަނީ ކީރިތި ރަސޫލާގެ އީދުމީލާދީއާ ފާހަގަ ކުރުމުގެ ގޮތުންނެވެ. އަދި ބުރާސްފަތި ދުވަސް ބަންދު ކުރީ އީދުމީލާދީއާ ގުޅުވައިގެނެވެ.
ޚަބަރު
ޚަބަރު
ޚަބަރު