ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދެން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ.
ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާބެހޭ އުސޫލުގެ ނުވަވަނަ މާއްދާގެ (ރ) ގައި ވަނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ، އުމްރާއަށް މީހުން ގެންދިއުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެ ކަމަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކު ދެ ފަހަރު އިއުލާން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އުސޫލުގައި އިތުރަށް ބުނެފައިވަނީ އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު