މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ވޯޓާސް ލިސްޓު އާއްމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު އާއްމުކުރި ލިސްޓުގައިވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،803 މީހަކަށެވެ. އަލަށް ވޯޓުލުމުގެ ހައްގު ލިބެނީ 408 މީހަކަށެވެ.

އީސީން ބުނީ ވޯޓާސް [ލިސްޓު](https://www.elections.gov.mv/ec/Elections/Presidential_Election_2023.html) ސަރުކާރުގެ [ގެޒެޓު](www.gazette.gov.mv) އިން އަދި އެ ކޮމިޝަނުގެ ކޮމިޝަނުގެ [ވެބްސައިޓް](www.elections.gov.mv) އިން ފެންނަން ހުންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 46 ޕަސަންޓެވެ. ރައީސަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ.

ދެވަނަ ބުރުގައި އިތުރު 12 ފޮށި ބަހައްޓާނެއެވެ. އެއާއެކު އެ އިންތިހާބުގައި ޖުމްލަ 586 ފޮށި ބަހައްޓާނެއެވެ.